Feb 27, 2021
108 Views
Comments Off on ޔޫކޭގައި އޭލެވްލްއާއި ޖީސީއެސްއީގެ ނަތީޖާތައް މިފަހަރު ގްރޭޑް ކުރާނީ ޓީޗަރުން
0 0

ޔޫކޭގައި އޭލެވްލްއާއި ޖީސީއެސްއީގެ ނަތީޖާތައް މިފަހަރު ގްރޭޑް ކުރާނީ ޓީޗަރުން

Written by

ކޮވިޑް19 އާއި ހެދި ކެންސަލް ކޮށްފައިވާ އޭލެވެލްއާއި އަދި ޖީސީއެސްއީގެ އިމްތިހާނުތަކުގެ ބަދަލުގައި ދަރިވަރުން ގްރޭޑް ކުރެވޭނެ ހާއްސަ އޮނިގަނޑެއް އިނގިރޭސިވިލާތުން އާންމުކޮށްފި އެވެ. މި އޮނިގަނޑުގައިވާ ގޮތުން ދެން ދަރިވަރުން ގްރޭޑް ކުރާނީ މޮކް އެގްޒާމް އާއި، ކޯސް ވޯކް އަދި އެސޭތަކަށް ބެލުމަށްފަހު ލިބޭ މާކްސް އިންނެވެ.އިނގިރޭސިވިލާތުގެ އިމްތިހާނުތަކާއި ބެހޭ ވުޒާރާކަމުގައިވާ އޮފީސް އޮފް ކޮލިފިކޭޝަންސް އެންޑް އެގްޒަމިނޭޝަން ރެގިއުލޭޝަން (އޮފްކޮލް) އިން މިހާރު އާންމުކޮށްފައިވާ މި އޮނިގަނޑުގެ ދަށުން ވަކިވަކި މާޢްދާތަކުން ހާއްސަ އިމްތިހާނުތަކެއް ނެގިދާނެ ކަމަށް ބުނެފައިވިޔަސް، މިއީ ފައިނަލް ގްރޭޑަށް ހަމައެކަނި ބޭނުންކުރެވޭނެ ނަތީޖާއެއް ނޫން ކަމުގައިވެސް ބުނެފައި ވެއެވެ. މި ތިން ދާއިރާއިން ކުދިންނަށް މާކްސްތައް ދޭނީ ކިޔަވައިދޭ މުދައްރިސުން ކަމުގައިވާއިރު، އޮގަސްޓްމަހުގައި ފައިނަލް ނަތީޖާތައް ދެވޭވަރުވެ، ރިވިއުކުރުމަށް ހުށަހެޅޭނެ ކަމުގައިވެސް ވަނީ ބުނެފައެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
News

Comments are closed.