އެކަމެއްގެ ހެކި ނުދެއްކޭނެ ކޮންމެ ވާހަކައަކީ އެމީހެއްގެ ޚިޔާލުގެ މައްޗަށް ދެކެވޭ ވާހަކައެކެވެ. އެމީހާ ޤަބޫލުކުރާގޮތުގެ މައްޗަށް ދެކެވޭ ވާހަކައެކެވެ. މިވެނި މީހަކު ބުނުމަކީ އަދި އެކަމެއް އެމީހާބުނި ގޮތަށް ހިނގާފައިވާކަމުގެ ދަލީލެއް ނޫނެވެ. ދަލީލަކަށްވާނީ އެކަމެއް ހިނގިކަމަށް ބުނާ މީހާ އޭނާ ދައްކާވާހައިގެ ތެދުކަން ސާބިތުކޮށްދިނުމުންނެވެ. ވީމާ ބުނިބުނީގެ މައްޗަށް ދެކެވޭ ކޮންމެ ވާހަކައަކީވެސް ހަމަ ޔޯލަވާހަކައެކެވެ. ޔޯލަ ވާހަކަތައް އުފެދިގެން އަންނަނީ ޝައިޠޯނާގެ ކިބައިންނެވެ. ޝައިޠާނާ އަބަދުވެސް ބޭނުންވާނީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށެވެ. ތަޅާފޮޅުވައި ލޭ އޮހުރުވުންތައް ގިނަވުމަށެވެ. ވީމާ ޔޯލަ ވާހަކަތައް ހިފައިގެން މީސްމިހުންގެ ގާތަށް ހިނގާ މީހާއަކީ ޝައިޠާނާގެ ބައިވެރިއެކެވެ. ޝައިޠާނާ ރޯކުރުވާ އަލިފާންގަނޑު ނިވުނަ ދިނުމަށްޓަކައި އެ އަލިފާންގަނޑަށް ދަރުއަޅައިދެމުން ހިނގާ މީހަކަށެވެ!
އިތުރަށް ވިދާޅުވޭ

Article Categories:
Religion