Feb 27, 2021
171 Views
Comments Off on ﷲ ގެ މިތުރަކަށްވެވޭނެ މަގު ޤުރްއާނުން- މުފްތީ މެންކް
0 0

ﷲ ގެ މިތުރަކަށްވެވޭނެ މަގު ޤުރްއާނުން- މުފްތީ މެންކް

Written by

“ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ މިތުރުންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަ ކުރާނޭ ބައަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނީ އީމާންވެ ތަޤްވާވެރިވެ އުޅުނު މީހުންނެވެ. ދުނިޔޭގެ ޙަޔާތުގައްޔާއި އާޚިރަތުގައި އެއުރެންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. ﷲ ގެ ކަލިފުޅުތަކަށް ބަދަލު ނާންނަ ހުއްޓެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ.” (ޔޫނުސް ސޫރަތުގެ 62،63،64)63 ވަނަ އާޔަތުގައި ބަޔާން ކުރައްވަވާފައި އެވަނީ ﷲ ތަޢާލާގެ މިތުރުންނަކީ ކޮބައިކަމެވެ. ﷲ ތަޢަލާގެ މިތުރަކަށް ވުމަށް ހުންނަން މިޖެހެނީ އެންމެ 2 ސިފައެކެވެ. އެއީ އީމާންތެރިކަމާއި ތަޤްވާވެރިކަމެވެ. އީމާން ތެރިކަމަކީ ނުވަތަ އީމާންވުމަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމެވެ. ތަޤްވާވެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ އަމަލުކުރުމެވެ. އެއީ ކުރުމަށް އަމުރުފުޅު ކުރައްވަވާފައިވާ އެންމެހައި ކަންކަން ކުރުމާއި ނަހީ ކުރެއްވެވި އެްމެހައި ކަންކަމުން ދުރުހެލިވެ ހުރުމެވެ. 

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.