Feb 27, 2021
170 Views
Comments Off on ﷲ ގެ ޙަޟްރަތަށް “އުދުހިގަތުމުގެ” ފުރުޞަތު ދެއްވަވާނެ! އިން ޝާ ﷲ: ޔޫސުފް އެސްޓީސް
0 0

ﷲ ގެ ޙަޟްރަތަށް “އުދުހިގަތުމުގެ” ފުރުޞަތު ދެއްވަވާނެ! އިން ޝާ ﷲ: ޔޫސުފް އެސްޓީސް

Written by

ފާފަނުކޮށް ހުރުމަށް ޢަޒުމް ކަނޑައަޅާ މީހާ އެކަމުގައި ކުރިއަށްދާން މަސައްކަތްކުރާށެވެ! އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ އަޅުކަންކުރުން ގިނަކުރުމެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކުރުމެވެ.ކޮންމެދުވަހަކުވެސް ހެޔޮޢަމަލުކުރުމުގައި އެއްފިޔަވަޅު ނަމަވެސް ކުރިއަށް އަޅަން މަސައްކަތްކުރާށެވެ. ފްލައިޓަކަށް އަރައިގެން އުދުހިފައި ތަނަކަށްދާންވެސް ފުރަތަމަ ކުރާކަމަކީ ގެއިން ބޭރަށް ފިޔަވަޅެއް އެޅުމެވެ. ފްލައިޓާއި ހަމައަށް ދެވެނީ އެތައް ބައިވަރު ފިޔަވަޅުތަކެއް ފައިން އަޅައިގެންނެވެ. ފްލައިޓްގައި އުދުހިގަނެވެނީ ފްލައިޓަށް އަރައި ފިޔަވަޅަކުން ފިޔަވަޅަކުން އަޅަމުން ގޮސް ގޮނޑީގައި އިށީނދެވުމުންނެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.