އާފުރުމާއިމެދު ބައެއް މީހުން ބުނަނީ އެއީ ކަމެއްކުރމުން ގޮސް ފޫހިވުމުން މެދުވެރިވާ ކަމެއް ކަމަށާއި އަދި ނިދިއައުމުންވެސް އައުފުރޭކަމަށެވެ. މިދެކަންތަކަށް ބެލިނަމަވެސް ނަމާދުގައި އާފުރޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ކަމުގެ ޙަޤީޤަތް ވަރަށް ތަފާތެވެ. އާފުރުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. މީހާއަށް ވަރުބަލިކަން ލިބޭ ވަގުތު ދެމެދަށް ވަދެގަންނަން ޝައިޠާނާއަށް ކުރެވުނުހައި މަސައްކަތެއް ޝައިޠާނާ ކުރާނެއެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަމުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމެވެ. ނަމާދު ނަމާދަކަށް ހެދޭނީ ޝައިޠާނާގެ ކިބައިން ސަލާމްތްވެ ހުރެ ނަމާދުކޮށްގެންނެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion