ކައިވެންޏަށްފަހު އަނބިމީހާ ނުވަތަ ފިރިމީހާގެ ކިބައިން ފެންނަ ކަންކަން މުޅީން ތަފާތުކަމަށް ބުނެ ކުރާ ޝަކުވާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކައިވެނިނުކޮށް އެކުގައި ވަގުތުގައި ހޭދަކުރުމާއި ޙަރާމް ކުރައްވަވާފައިވާ ޢަމަލުތައް ކުރުމަކީ ޙަރާމްކަމެއް ނަމަވެސް އެމީހުން ބުނަނީ އެކަންކަން ކުރެވިފައިވާ ކަމަށެވެ. އެތައް ދުވަހެއް ވަންދެން ކުރެވުނު ކަމަށްވެސް ބުނެއެވެ. މިވަގުތު ދައްކަން މިއުޅެނީ ކުރި ޙަރާމް ކަންކަމުގެ ވާހަކައެއް ނޫނެވެ. ކައިވެންޏަށްފަހު މުޅިން ތަފާތު މީހެއްގެ ގޮތުގައި ބައިވެރިޔާ ފެނުމުގެ މައްސަލައިގެވާހަކައެވެ. އެކަންއެހެން ވުމަށް މެދުވެރިވާ ސަބަބަކީ ޙަރާމް ގޮތުގައި ގުޅުން ބޭއްވި ދުވަސްވަރު އޭނާގެ ނުބައިކަން ވަންހަނާކޮށްފައިބާއްވާތީއެވެ. ކައިވެންޏަށްފަހު އެކުގައި ދިރިއުޅެން ފެށުމުން އޭނާގެ ޙަޤީޤީ ސޫރަ ފެނިގެންދާތީއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion