ކުޅުދުއްފުށީގައި 100 މިލިއަން ރުފިޔާ ހޭދަކޮށްގެން މަގު ހެދުމުގެ ބޮޑު މަޝްރޫއެއް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކުޅުދުއްފުށީގެ ބޮޑެތި މަގުތައް ތާރު އަޅައިގެން ހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން ހަވާލުކުރީ ގާތްގަނޑަކަށް ދޮޅު އަހަރުން ނިންމާ ގޮތަށް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އެޅުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމްކުރުމާއި މަގު ބައްތި ޖެހުން ވެސް ހިމެނެ އެވެ.
ތާރު އަޅައިގެން ކުޅުދުއްފުށީ މަގުތައް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ކުރިޔަށް ގެންދިޔަ އެވެ. އޭރު ވެސް އެ މަސައްކަތް ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯރަޕޭޝަނުންނެވެ. އެ މަޝްރޫއުތަކަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
Source link