Feb 28, 2021
137 Views
Comments Off on ކެމްޕޭނަށް ހަމަހަމަ ފުރުސަތު ދިނުމަށް އީސީން އެދިއްޖެ
0 0

ކެމްޕޭނަށް ހަމަހަމަ ފުރުސަތު ދިނުމަށް އީސީން އެދިއްޖެ

Written by

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ހަމަހަމަ ފުރުސަރު ހޯދައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ސިޓީއެއް ފޮނުވައިފި އެވެ.އީސީގެ ރައީސް އަހްމަދު ޝަރީފް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދެ އިންތިހާބާ ގުޅިގެން ގާއިމުކޮށްފައިވާ ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގެއް ކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމުގައި ތަފާތު ކުރުންތަކެއް ހުރިކަން ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
News

Comments are closed.