Feb 28, 2021
186 Views
Comments Off on ކޮރޯނާޖެހިގެން ނަމަވެސް މުސްލިމަކު ބަލިވެއްޖެ އެއީ ރަހްމަތެކެވެ! މަރުވެއްޖެނަމަ އޮތީ ހެޔޮ ދުޢާކުރުމެވެ!: ޝައިޚް އަބޫބަކުރު ޒައުދު
0 0

ކޮރޯނާޖެހިގެން ނަމަވެސް މުސްލިމަކު ބަލިވެއްޖެ އެއީ ރަހްމަތެކެވެ! މަރުވެއްޖެނަމަ އޮތީ ހެޔޮ ދުޢާކުރުމެވެ!: ޝައިޚް އަބޫބަކުރު ޒައުދު

Written by

މިއަދު މުސްލިމުންގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ ތެރެއިން މިފެންނަ ބައެއް ކަންކަމަކީ އެއްވެސް ޙާލެއްގައި މުސްލމުންގެ ތެރެއިން ފެނިގެންވާނެ ކަންކަމެއް ނޫނެވެ. ކޮރޯނާ ވައިރަސް ފެތުރެންފަށައި އަހަރުދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ބަލި ފެތުރުން ނުހުއްޓޭތީ އެއްބައަކު ބަލި ކުށްވެރިކުރަނީއެވެ. އަނެއް ބައަކު ބަލި ފެތުރުނު އަހަރު ކުށްވެރިކުރަނީއެވެ. އަނެއްބައަކު ބަލި ޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުން ކުށްވެރިކުރަނީއެވެ. މީސްތަކުންނޭވެ! ފުރަތަމަ ކަމަކީ އިންސާނުން އުފެއްދި ވައިރަސްއަކަށްވީނަމަވެސް އަދި ކޮންމ ގޮތަކުން އުފެދުނު ވައިރަސްއަކަށްވީނަމަވެސް އެއްވެސް ވައިރަސްއަކީ އެއިގެ އަމިއްލަ ޒާތުގައި އެއްވެސް ބާރެއް ފޯރުވޭނެ އެއްޗެއް ނޫނެވެ. އެއްވެސް މީހަކަށް އެއިގެ ސަބަބުން އެއްވެސް ބައްޔެވެސް ނުޖެއްސުވޭނެއެވެ. ބަލިވާނީވެސް ބަލިނުވެ ހުންނާނީވެސް ބޮޑުވަރުވާނީވެސް ބަލިން ސަލާމަތްވާނީވެސް އަދި ބަލީގައި މަރުވާނީވެސް ﷲ ތަޢާލާ އެކަމެއް އޮގޮތަށް ވުމަށް މާކުރިން ލިޔުއްވަވާފަިވާ މީހުންނެވެ. ވީމާ އެއްވެސް ވައިރަސްއެއް، ނުވަތަ ބައްޔެއް ކުށްވެރި ނުކުރެވޭނެއެވެ. 

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.