ލިވަޕޫލުގެ ކޯޗުގެ މަގާމުގައި ހުރި ޔާގެން ކްލޮޕް ޓީމު ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކާ އެކު އެކުލަބަށް ކުރިން ކުޅުނު ސްޓީވެން ޖެރާޑް އެ މަގާމަށް ގެނައުމަށް ކުލަބުން ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވާ އިރު، އެންމެ ފަހުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ބައްޔަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ވަނީ އެ ޓީމަށް ލީގު ތަށި ދިފާއުނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެ ވާހަކަތަކާ އެކު އިނގިރޭސި މީޑިއާގައި އަޑުފެތުރުނީ ކްލޮޕް ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News