އެމްއީއެސްގެ އިމާރާތް މަންދު ކޮލެޖާ ހަވާލު ކުރި އެއްބަސްވުން ބާތިލްކޮށް އެތަން އެ ކޮލެޖުގެ އަތުން އަތުލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުންވެސް ހުކުމްކޮށްފި އެވެ.މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާއެކު އެޑިއުކޭޝަން މިނިސްޓްރީއިން 10 އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދީ 28 ޑިސެމްބަރު، 2008 ގަ އެވެ. އެތަން މާލޭ ހައިއަށް ދިނީ އިންޓަނޭޝަނަލް ސުކޫލެއް ހިންގާށެވެ. ނަމަވެސް، އެއްބަސްވުމުގައިވާ ގޮތަށް ސްކޫލު ނުހިންގާ ކަމަށް ބުނެ ޖެނުއަރީ 25، 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News