އަހަރެންގެ ދެވަނަ ފިރިހެންދަރިފުޅު ކައިވެނިކުރީ އުމުރުން 18 އަހަރުގައެވެ. ކައިވެނީގެ 2 ވަނަ އަހަރު، އޭނާގެ އުމުރުން 20 އަހަރުގައި އަހަރެން ސިއްސުވައިލިއެވެ. އެއީ ދަރިއަކު ލިބެން އުޅޭ ވާހަކަބުނުމުންނެވެ. ކޮންމެއަކަސް ލިބެން އުޅޭކަމަށް ބުނި ދަރިފުޅަކީ އަހަރެންގެ ފުރަތަމަ މާމަ ދަރިފުޅެވެ. އަހަރެންގެ އުމުރަކީ 38 އަހަރެވެ. އުފާވެރިކަންވެސް ލިބުނެވެ. ނަމަވެސް އިންތިހާއަށް ކަންބޮޑުވިއެވެ. އެއީ ދަރިފުޅުގެ އެހައި ހަގު ުމުރުގައި ދަރިއަކު ލިބޭތީއެވެ. ދެމަފިރިންގެ ގުޅުން ދެމިއޮވެދާނެކަމަށް ޝައްކުކުރެވޭތީއެވެ. އެހައި ހަގު އުމުރުގައި ކުދިން ލިބުމުން ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމަށް ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion