Feb 28, 2021
196 Views
Comments Off on މީހުން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ބަންދުކޮށް ތަޅުލެވޭނެއެވެ! ސުވަރުގޭގެ ދޮރުކޮޅުތައް އަބަދުވެސް ހުންނާނީ ހުޅުވިފައެވެ!
0 0

މީހުން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ބަންދުކޮށް ތަޅުލެވޭނެއެވެ! ސުވަރުގޭގެ ދޮރުކޮޅުތައް އަބަދުވެސް ހުންނާނީ ހުޅުވިފައެވެ!

Written by

ޤިޔާމަތްދުވަހު ނަރަކައަށް ވައްދަންޖެހޭ މީހުން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ލައްޕައި ތަޅުލެވި ބަންދުކުރެވޭނެއެވެ. ނަރަކައިވާ އެއްވެސް މީހަކަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ނޫނީ އެތަނުން ނުނުކުމެވޭނެ ގޮތަށެވެ. އެއީވެސް ނަރަކައިގައި ތިބެންޖެހޭ މީހުން އިތުރަށް ބިރުގަންނާނެ ކަމެކެވެ. ޖަލުތކުގެ ދޮރުތައް ތަޅުލައި ބަންދުކުރަނީ މީހަކު ފިލައިފާނެކަމަށްޓަކައެވެ. ފިލުމުގެ ފުރުޞަތު އޮތުމުންނެވެ. އެއްވެސް މީހަކަށް ނަރަކައިން ނުފިލޭނެއެވެ. ދޮރުތައް ބަންދުކުރައްވަވަނީ މީސްތަކުން އިތުރަށް ބިރުގެނެނެވުމަށްޓަކައެވެ. ﷲ ތަޢާލާ ސަލާމަތްކުރެއްވެވުމުން ނޫނީ އެއްވެސް މީހަކަށް ނަރަކައިން ސަލާމަތްނުވެވޭނެކަން އެނގުމަކީ ވެސް ކިހައިބޮޑު ބިރެއްހެއްޔެވެ؟ 

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.