އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ކުރެވޭ އެންމެ ނުބައި އެއް ހީއަކީ ފާފައެއް ކުރެވިއްޖެނަމަ ތައުބާވާންވާނީ ހަމަޖެހިލައިގެން ފަހުން ކަމަށެވެ. ދެރަކްޢަތް ނަމާދެއް ނުވަތަ ދަމުނަމާދު ފަދަ ނަމާދެއްކުރުމަށްފަހުގައއިކަމަށެވެ. ނުވަތަ މާތްވެގެންވާ ދުވަހެއްގެ މާތްވެގެންވާ ވަގުތެއްގައި ކަމަށެވެ. މިއީ މުޅިން ޞާޠިލް ވިސްނުމެކެވެ. ކިތަންމެ ބޮޑުފާފައެއް ކުރެވުނު ކަމުގައިވީނަމަވެސް އެކަން އިޙްޞާޞްކުރެވޭ ހިނދު ވަގުތުން ތައުބާވެ އިސްތިޣްފާރު ކުރުމަށް އަވަސްވެގަންނާށެވެ. ފުރަތަމަކަމަކަށްވެސް لَا إِلٰهَ إِلَّا ٱلله ކިޔާށެވެ. އަދި ވިއްދައިގެން ހެޔޮ ޢަމަލެއް ކުރާށެވެ!
އިތުރަށް ވިދާޅުވޭ
Article Categories:
Religion