ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމާއި ފާރަލުން އޮޅުވައި ނުލާށެވެ! ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަން ﷲ ތަޢާލާ ވަނީ އަންގަވަފައިފައެވެ. ފާރަލުން ވަނީ ނަހީ ކުރައްވަވައިފައެވެ. ވީމާ މިއީ މުޅިންތަފާތު ދެކަމެކެވެ. މި ދެކަންތައް އޮޅުވައިނުލާށެވެ. ހަމަ އެއާއިއެކު ވަރަށް ބޮޑަށް ފާރަލާން ޖެހޭ ޙާލަތެއްވެސް އެބަ އޮތެވެ. އެއީ ދަރިންގެ ކަންކަމުގައެވެ. ދަރިއަކު ނުރަނގަޅު މަގަކުން ކުރިއަށްދާކަމަށް ޝައްކު ކުރެވޭނަމަ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމެއް ހިނގާކަން ކަށަވަރުކުރުމެވެ. އެކަމެއް ދަރިފުޅު ކުރާކަން ޔަޤީން ނުކޮށް ފިޔަވަޅު އެޅޭގޮތް ބައެއް ފަހަރު މެދުވެރިވެއެވެ. އެފަދަ ޙާލަތްތަކުގައި މައިން ބަފައިން އިތުބާރު ނުކުރީތީ ދުނިޔޭގައި ހުންނަން ބޭނުން ނުވެގެން ދަރިން އަމިއްލައަށް މަރުވެފައިވެސް އެބަހުއްޓެވެ. ވީމާ ދަރިއަކާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ބަލަން ޖެހޭނެއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion