Feb 28, 2021
179 Views
Comments Off on ދަތި އުނދަގޫޙާލަތަކީ ދިރިއުޅުމުގެ ބައެކެވެ! ﷲ އަށް އިތުބާރުކުރުމުން އުފާވެރިކަން ދެއްވަވާނެކަމީ ﷲ ގެ ވައުދުފުޅެއްކަން ޤުރްއާނުން!
0 0

ދަތި އުނދަގޫޙާލަތަކީ ދިރިއުޅުމުގެ ބައެކެވެ! ﷲ އަށް އިތުބާރުކުރުމުން އުފާވެރިކަން ދެއްވަވާނެކަމީ ﷲ ގެ ވައުދުފުޅެއްކަން ޤުރްއާނުން!

Written by

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ހާސްވެ ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް އެމީހަކާއި ކުރިމަތިނުވުމެވެ. ހިތްދަތިކަން އިޙްޞާޞްކުރަން ނުޖެހުމެވެ. ނަމަވެސް މިއީ އެކަން އޮތްގޮތެއް ނޫނެވެ. އެފަދަ ކަންކަމާއި ކުރިމަތިލާން ޖެހުމަކީ ހަމަކޮންމެ މީހަކަށްވެސް ކުރަންޖެހޭނެ ކަމެކެވެ. އެއީ ދުނިޔޭގެ ދިރިއުޅުމުގެ އެއްބައެވެ. ހާސްވެ ކަންބޮޑުވާންޖެހޭ ޙާލަތްތަކުގައި އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެން ނުވާކަމަށް ހީނުކުރާށެވެ! އަހަރެމެންގެ ހިތްތަކަށް އަރައިފައިބާ ކޮންމެ ކަމެއް ވަގުތުން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ފިލުއްވަވައި ދެއްވެވުން ލަސްކުރައްވަވަނީ ހަމައެކަނި އިމްތިޙާން ކުރެއްވެވުމަށެވެ. އެކަންކަމަށް ކެތްތެރިވުމުން ދެއްވަވަން އޮތް މަތޔިވެރި ޘަވާބު ދެއްވެވުމަށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.