މިހާރުގެ އުޞޫލަކަށްވެފައި މިއޮންނަނީ ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން ޗެޓްކޮށްގެން ޙަޔާތަށް ބައިވެރިއަކު ހޯދުމެވެ. ތިމާ އެންމެ ހިތް އެދޭގޮތަށް ވާހަކަދައްކައި މެސެޖުކޮށް އަދި އެހެންވެސް ކަންކަން ކުރާ މީހަކާއި އަވަހަށް ކައިވެނިކުރަންވީއެވެ. ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްވެސް ނުވަނީސް މިއެނގެނީ ކުރިން ޗެޓް ކުރި މީހާގެ ސިފަތަކާ ކައިވެނީގެ ބައިވެރިޔާގެ ސިފަތަކާއި ދިމާނުވާކަމެވެ. މޫނު އެއްގޮތްވެފައި ހަށިގަނޑު އެއްގޮތް ނަމަވެސް ޢަމަލުތަކާއި އަޚްލާޤް މުޅިން ތަފާތުކަމެވެ. ވާހަކަ ދެއްކިއިރު ހުރި މަޑުމައިތިރިކަމާއި ކެތްތެރިކަން ދިރއުޅުމުގެ ކަންކަމުގައި ނެތްކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެއް ނެތްކަމާއި އިންސާނުންނަށް ރަޙުމްކުރުން ކުޑަކަމެވެ. ޗެޓްކުރާއިޮއރު ވާހަކަދައްކާ ބަހުރުވަ ކިތަންމެހައި ލޯބިވެފައި އޯގާތެރިނަމަވެސް މިހާރު އިވެނީ އަމުރުވެރި ބަސްތައްކަމެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion