މިފަދަ ވާހަކަތައް ދައްކަން ކިތަންމެ ވަރަކަށް ނުވަތަ ބޮޑަށް ލަދުގަތް ނަމަވެސް ނުވަތަ ދައްކަން ބޭނުން ނުވި ނަމަވެސް މިވާހަކަތައް ނުދައްކައި މުޖުތަމައު މި ނުބައިކަން ބޮޑު ފާފައިން ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިކަމަށް މުޅި މުޖުތަމައު ހޭލުންތެރިނުވެނަރަކައިން ސަލާމަތްވެވޭނެ މަގެއް ނެތް ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ. ނިކަން ބުނެބަލާށެވެ! އެގެއެއްގެ މީހަކު ނުވަތަ މީހުން ޒިނޭކުރާތީ އެގެއަތަކަށް ރިޒްޤު ނުދެއްވަވަން ﷲ ތައާލާ ކަނޑައަޅުއްވަވައިފިނަމަ ރިޒްޤް ލިބެންޖެހޭ މިއަދު ހުންނާނީ ކިތައް ގޭބިސީހެއްޔެވެ؟ ތިމާ ދިރިއުޅޭ ގެއަށް ރިޒުޤު ލިބޭނެހެއްޔެވެ؟ ރިޒްޤަސް ދަތިވެގެން ކންބޮޑުވާންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި މި ހިސާބު އަމިއްލައަށް ބަލައި ބިރުވެތިވުމަށް އަބަދުވެސް މިދަނީ ބުނަމުންނެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion