ވޮޝިންޓަން (މާޗް 1): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން ތުރުކީއަށް ދިޔަ މީހުން ބޭނުން ކުރީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ކޮންޓްރޯލްގެ ދަށުގައިވާ ކުންފުންޏެއްގެ ދެ ޕްރައިވެޓު ޖެޓު ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފި އެވެ.ސައުދީ އަރަބިއާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާދު އަލް ޖަބްރީއާ ދެކޮޅަށް ކެނެޑާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެއްގެ ލިޔެކިޔުންތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި، ހާޝުގްޖީގެ ގާތިލުން ބޭނުން ކުރި ޖެޓުތައް ނިސްބަތް ވަނީ ސްކައި ޕްރައިމް އޭވިއޭޝަން ކިޔާ ކުންފުންޏަކަށެވެ. އަދި 2017 ވަނަ އަހަރު އެ ކުންފުނި ވަނީ ވަލީއަހުދު އިސްވެ ހުންނަވާ ސައުދީ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News