އާޚިރަތް ދުވަހުގެ ބިރުވެތިކަމުން ސަލާމަތްކަން ލިބުމަށް އެދޭ މީހާ ނުބައި އެކުވެރިން ގެންގުޅުމަށްވުރެ އެކަނި އުޅުންވެސް މާރަނގަޅެވެ. މާ ފައިދާ ބޮޑެވެ. މިދައްކަނީ ފާފަ ކުރުމުން ސަލާމަތްވުމުގެ ވާހަކައެވެ. ފާފަކުރުމުން ސަލާމަތްވުމަށް ވެސް އޮތް އެންމެ ރަނގަޅު ޙައްލަކީ ހަމަ ނަމާދުކުރުމެވެ. ނަމާދު ބަރާބަރަށް ވަގުތުން ވަގުތަށް ކުރަމުން ގެންދިއުމަކީ ފާފަކުރުމުން ސަލާމަތްކޮށްދޭ އައްޑަނައެއްކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion