ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލިސް މެމްބަރުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަ ދެއްކެވިތޯ ބައްލަވަން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާނެ ކަމަށާއި ސާބިތުވެއްޖެ ނަމަ ދައުވާކުރަން ފޮނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.މަލީހުގެ އިތުބާރުގެ މައްސަލައިގައި ޖަވާބުދާރީވާން ލިބުނު ފަހު ފުރުސަތުގައި މަލީހު ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބިރުދައްކައި އިސްތިއުފާ ދޭން މަޖުބޫރު ކުރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News