ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމުން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރައްވައިފި އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް އިތުބާރު ނެތް ކަމަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 70 މެމްބަރުންގެ ތެރެއިން 59 މެމްބަރުންގެ ވޯޓުންނެވެ. އިތުބާރު ނެތް ކަމަށް ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.
Breaking: Mi sarukaaruge furathama vazaaru ithubaaru neiy kamah faaskoh, magaamun dhurukoffi
The most trusted news source in the Maldives
Mihaaru