ފަހު ޒަމާން އައިސް ޤުރްއާން އުފުއްލަވާނެކަމަށް އޮންނަ ބަސްފުޅު ޙަޤީޤަތަކަށްވާނެއެވެ. ނަމަވެސް މިއަދަކު ނޫނެވެ. މިހާރު މިދަނީ އިސްލާމް ދީން ކުރިއަރަމުންނެވެ. މިގޮތަށް ކުރިއަރަމުން ގޮސް އިސްލާމީ އުންމަތަށް ކުރިންވެސް ލިބިފައި އޮތް އާރާއި ބާރު އަދި ލިބިގެންދާނެއެވެ. މީސްތަކުން ޖާހިލުވެގެންދާނީ އެއަށްފަހުގައެވެ. ދުނިޔެ ނިމިގެންދާއިރު ޤުރްއާނުގެ ޢިލްމްވެރިންނެއް ނުތިބޭނެއެވެ. މީސްތަކުންގެ ހިތްތަކުގައި ޤުރްއާނެއް ނުއޮންނާނެއެވެ. ހަމައެކަނި ހަނދާން ހުންނާނީ ޝަހާދަތެވެ. އެއީވެސް އެމީހުންގެ ކާބަފައިން ކިޔައި އުޅުނު އެއްޗެއްގެ ގޮތުގައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion