ފާޔިމަތު ނަޢީޝާ ޖާދުﷲ އިބްރާހިމް ޢަލައިހިއްސަލާމާއިމެދު އެކަލޭގެފާނުގެ ޤައުމުގެ މީހުން ކަންތައްކުރި ގޮތާއިމެދު ވިސްނާލައްވާށެވެ. އެމީހުން، އަލިފާންގަނޑެއް ތައްޔާރުކޮށް، އެއްވެސް މީހަކަށް ކައިރިވެސް ނުވެވޭވަރަށް އެތައް ދުވަހެއްވަންދެން އެއަލިފާންގަނޑަށް ދަރުއަޅައި ހޫނު ގަދަކޮށް، އެކަލޭގެފާނު ނެތިކުރަންވަން މަސައްކަތްކުރިއެވެ. ހަމައެކަނި އެކަލޭގެފާނުގެ ޤައުމުގެ މީހުންނެއްނޫނެވެ. އެކަލޭގެފާނުގެ އާއިލާވެސްމެއެވެ. އަދި އިބްރާހިމް ޢަލައިހިއްސަލާމް އެންމެ ލޯބިފުޅުވެލެއްވި އެކަލޭގެފާނުގެ ބައްޕާޕުޅުވެސްމެއެވެ. އިބްރާހިމް ޢަލައިހިއްސަލާމް އެއަލިފާންގަނޑަށް އެއްލާލަން އުޅުނު ހިނދުވެސް އިހުސާސްވީ އެކަނިވެރިކަމާއި ލަދުވެތިކަމެވެ. ހަމްދަރުދީވާނެ އެކަކުވެސް އެތާކުނެތެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion