އިސްލާމް ދީނުގައި ބައެއް ކާބޯތަކެތި ޙަރާމް ކުރައްވަވާފައިވުމުން އެކަމަށް ފާޑުކިޔާ މީހުން ކާން ބޭނުން ވަނީ “ޙަލާލްފުޑެވެ.” ބަނގުރާ ބުއިން ޙަރާމް ކުރައްވަވާފައިވާތީ ފާޑުކިޔަމުން ދައްކަނީ އެ ބުއިމުން ޞިއްހަތަށް ލިބޭ ގެއްލުންތަކާއި އިޖުތިމާޢީ ގެއްލުންތަކުގެ ވާހަކައެވެ. ބަނގުރަލުން ލިބޭ ގެއްލުން ޤަބޫލުކޮށް ބަނގުރަލާއި އަމިއްލައަށް ދުރުހެލިވެގެން ތިބީ ދުނިޔޭގެ އެންމެ ބޮޑެތި ކިތަށް ފާދިރީންނާއި ހާމުދުރުން ހެއްޔެވެ؟ “ﷲ ތައާލާ އެއްކައުވަންތަ ކުރުމުގެ ވާހަކަ، ތައުޙީދުގެ ވާހަކަ ދައްކައިފިނަމަ ޝިރުކުގެ އަހުލުވެރިން ނުރުހި، ރުޅި އައިސް އެއްޗެތި ގޮވާނެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތުގެ ވާހަކަ ދައްކައިފިނަމަ ދީނަށް އައު ކަންކަން ވައްދަން ބޭނުންވާ މީހުން ނުރުހި، ރުޅި އައިސް އެއްޗެތި ގޮވާނެއެވެ. ދީނުގެ ކަންކަމުގައި ކީރިތި ޤްރްއާނާއި ރަސޫލާ (ﷺ)ގެ ސުންނަތުން ހެކި ދައްކާނަމަ، ދީނުގައި އޮތް ގޮތް ބަލަން ބޭނުން ނުވާ ސޫފީންނާއި ޖާހިލުން ނުރުހި، ރުޅި އައިސް އެއްޗެތި ގޮވާނެއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion