ލޮނުމެދު ގިނައިން އެޅި ވަރަކަށް މީރުވާ މި ޑިޝް އަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް ކަމުދާ، އިޓާލިއަން ކުސިންގެ މަޝްހޫރު ކެއުމެކެވެ.
ބޭނުން ވާނެ ތަކެތި:
100 ގްރާމް ވަޅޯމަސް (ތުނިކޮށް ކޮށާފައި)400 ގުރާމް ސްޕެގެޓީ1 ބޮނޑި ލޮނުމެދުބައި ޖޯޑު ޒައިތޫނި ތެޔޮ1 ސައިސަމްސާ ރާޅު މުގުރި މިރުސް3 ޕާސްލީ ފަތް (ހިމުންކޮށް ކޮށާފައި)5 ހިކި މިރުސް (ކޮށާފައި)ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)1 ޖޯޑު ޕާމެޝަން ޗީޒް (ހިމުންކޮށް ގާނާފައި)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ސްޕެގެޓީ ކޮޅު ކުޑަ ކޮނުކޮޅެއް އަޅާފައި ހުރި ފެން ފޮދެއްގައި ކައްކާލާށެވެ. ކެކުނީމައި ބޯތައްޓަކަށް އަޅާފައި ކުޑަ ޒައިތޫނި ތެޔޮކޮޅެއް އަޅާފައި ބަހައްޓާށެވެ.ލޮނުމެދު ތައް ހިމުންކޮށް ކޮށާފައި ނޫނީ ގާނާފައި ޒައިތޫނި ތެލުގައި ކައްކާށެވެ. މަޑުގިނީގައި ލޮނުމެދު ކޮޅު ބްރައުން ކޮށްލާށެވެ.ދެން ވަޅޯމަސް، މުގުރި މިރުސް، ހިކި މިރުސް އަދި އަސޭމިރުސް އަޅާފައި ހާވާލާށެވެ.މީގެ ތެރެޔަށް ކެއްކި ޕާސްތާ އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.އެއަށްފަހު ޕާސްލީ ފަތާއި ޗީޒްކޮޅު އަޅާފައި އެއްކޮށްލާށެވެ. މިހިރީ މި ޑިޝް ތައްޔާރު ވެފައެވެ.