ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު މަޖިލީހުން ވަކިކުރުމަށް މަސައްކަތް ކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.ޖުމްހޫރީ ޕާޓީގެ އިސް މެމްބަރަކު ގާސިމްއާ ހަވާލާދީ “ސަން”އަށް ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މިއީ މުޅި ދުނިޔެ ހުއްޓިފައިވާ ވަގުތެއް ކަމަށާއި އިންޓަނެޓް އަގު ހެޔޮ ނުކުރިއޭ ކިޔައި، މަލީހް ވަކިކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. އޭނާ ވިދާޅުވީ، މަލީހު މަގާމުން ވަކިކުރުމާ ގާސިމް ދެކޮޅު ކަމަަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News