Mar 1, 2021
120 Views
Comments Off on މަލީހު ވިދާޅުވަނީ އެކޮޅުކޮޅުން އެލުވިޔަސް ދޫނުކުރާނެ ކަމަށް!
0 0

މަލީހު ވިދާޅުވަނީ އެކޮޅުކޮޅުން އެލުވިޔަސް ދޫނުކުރާނެ ކަމަށް!

Written by

“ހަކުރާގޭ ފެންޑ”ގައި އެކޮޅުކޮޅުން އެލުވިޔަސް، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިއްޕަވާނެ ކަމަށް ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވަނީ ފަށައިފަ އެވެ. މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުން މަލީހު ތަކުރާރުކޮށް ވިދާޅުވީ، މަދު މެމްބަރުން ކޮޅެއް ސޮއިކޮށް މަޖިލީހަށް މައްސަލަ ވައްދާފައި ވަނީ ހަދަން ޖެހޭ ގަވާއިދެއް ނުހައިދެން ނޫން ކަމަށާއި، ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް ހަޖަމު ނުވެގެން ކަމަށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
News

Comments are closed.