ދިރިއުޅުމުގައި އެއްޒާތެއްގެ މައްސަލަތައް ގިނަގިނައިން ކުރިމަތިވާނަމަ އެކަމުން އަންގައިދެނީ ތިބާއަށް ޢަމަލުކުރެވޭ ގޮތުގައި މައްސަލައެއް އެބަހުރިކަމެވެ. އެމައްސަލައިން ސަލާމަތްވާން ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރެވޭ ކަމެވެ. ކުރިމަތިވި މައްސަލަ މުލުން ލުހެލުމުގައި ފަރުވާކުޑަކުރެވޭ ކަމެވެ. މިސާލަކަށް އަބަދުވެސް މާލީ ދަތިކަމުގައި އުޅެންޖެހިފައިވާ ގިނަ މީހުންނަށް އެހާލުގައި އުޅެންޖެހެނީ ލިބޭ އާމްދަނީއަށް ނިޞްބަތްކޮށްގެން ޚަރަދުތައް ކުރުމުގައި އިހްމާލްވެވޭތީއެވެ. ކިތަންމެ ބޭނުންވިނަމަވެސް ކޮންމެ މީހަކަށްވެސް ޚަރަދުތައް ކުރެވޭނީ ލިބޭވަރަކުންނެވެ. ވީމާ މާލީ ދަތިކަމުން އަރައިގަތުމަށް އޮންނާނެ އެންމެ ބޮޑު ޙައްލަކީ ޚަރަދުތައް ކުޑަކޮށް ލިބޭ އާމްދަނީއަށް ބަރޯސާވުމެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion