Mar 1, 2021
105 Views
Comments Off on ދިރާގު ކަސްޓަމަރުންނަށް ސްޕޮޓިފައި! 37 min
0 0

ދިރާގު ކަސްޓަމަރުންނަށް ސްޕޮޓިފައި! 37 min

Written by

ދިރާގު ސްޓްރީމިން އެޑް-އޯންސް އަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިން އެޕް ކަމަށްވާ “ސްޕޮޓިފައި” ހިމަނައިފި އެވެ.

މި އެޕް މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިން އެޑް-އޮންސް، ޕްރީޕެއިޑް ސްޓްރީމިން ޕާކްސް، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް އަދި މަމެން ސްޓްރީމިން އެޑްއޮންސްގައި ވެސް ހިމެނޭނެ އެވެ.
ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ދިރާގުގެ ހިދުމަތްތައް މެދުވެރިކޮށް ބޭނުންކުރެވޭ ގޮތް ހެދުމަކީ ދިރާގުގެ އަބަދުވެސް އެންމެ ބޮޑު އެއް އަމާޒު ކަމަށް ދިރާގުން ބުންޏެވެ. ދިރާގު ސްޓްރީމިން އެޑް-އޮންތަކަށް މި އެޕް އައުމާ އެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ސްޓްރީމިން އެޑް-އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިން އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެ އެވެ. މި އެޑް-އޮންސްގެ ތެރެއަށް ސްޕޮޓިފައި ތައާރަފުކުރުމުން، ދިރާގު ސްޓްރީމިން އެޑް-އޮންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ.
ސްޓްރީމިން އެޑް-އޮން އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކޮށްގެން އެކްޓިވޭޓުވާނެ އެވެ.

Source link

Article Categories:
Business

Comments are closed.