Mar 1, 2021
17714 Views
Comments Off on ދިފާއީ ނިޒާމުގެ ބާރު ގަދަކުރުމަށް ކާންވީ މިތަކެތި
2 0

ދިފާއީ ނިޒާމުގެ ބާރު ގަދަކުރުމަށް ކާންވީ މިތަކެތި

Written by

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ކްރޭންބެރީއަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު ގަދަކޮށްދޭ މޭވާއެކެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް މަދުވެގެން 450 އެމް.އެލް ގެ ލޯ ކެލޮރީސް ކްރޭންބެރީސް ޖޫސް މަދުވެގެން 3 މަސް ވަންދެން ބޭނުންކޮށްފި ނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ގަދަވާކަމަށެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި މިގޮތަށް ކްރޭންބެރީ ޖޫސް ބޭނުންކުރި މީހުންގެ ތެރެއިން އަރިދަފުސް ރޯގާ އަދި ކެއްސުން ފަދަ ބަލިތަށް ޖެހިފައިވާލެއް 57 އިންސައްތައަށް ދަށްވެފައިވާ ކަމަށެވެ. ރިސާޗާސް އިތުރަށް ފާހަގަކޮށްފައިވަނީ މިކަން މިހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކްރޭންބެރީގައި ގިނަ އަދަދަކަށް ހިމެނޭ މާއްދާއެއްކަމުގައިވާ ޕެކްސް ގެ ސަބަބުން ކަމަށެވެ.

ކްރޭން ބެރީ ޖޫސް ނޫނަސް އެހެން ގޮތް ގޮތަށްވެސް ކްރޭންބެރީސް ބޭނުން ކުރެވިދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހިއްކައިގެން ސްނެކް އެއްގެ ގޮތުގައި ނުވަތަ ކައްކައިގެންވެސް ބޭނުންކުރެވިދާނެކަމަށެވެ.

އިތުރަށް ވިދާޅުވޭ

Article Categories:
Health · Life Style

Comments are closed.