Mar 1, 2021
122 Views
Comments Off on ދުނިޔޭގެ ރޭސް ޗެމްޕިއަންކަން ހޯދާފައިވާ ލޮރެންޒޯ ރާއްޖެއަށް
0 0

ދުނިޔޭގެ ރޭސް ޗެމްޕިއަންކަން ހޯދާފައިވާ ލޮރެންޒޯ ރާއްޖެއަށް

Written by

ދުނިޔޭގެ މޮޓޯ ޖީޕީ ސައިކަލް ރޭސް ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ސްޕެއިނުގެ ޖޯޖް ލޮރެންޒޯ ގަރޭރޯ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ލޮރެންޒޯ އަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރާއްޖޭގެ ރޭސިން ކޮމިއުނިޓީ ވެސް ވަނީ ލޮރެންޒޯއާ އެކު ފޮޓޯ ސެޝަނެއް ބޭއްވި އެވެ.
މޮޓޯ2 މޮޓޯސައިކަލް ވޯލްޑް ޗެމްޕިއަންޝިޕްގެ އެއް ވަނަ 2006 އާއި 2007 ވަނަ އަހަރު ހޯދި އުމުރުން 33 އަހަރުގެ ލޮރެންޒޯ ވަނީ މީގެ ކުރިން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ޗުއްޓީ ދަތުރެއްގައި ރާއްޖެ އައިސްފަ އެވެ. ލޮރެންޒޯ ބުނީ ރާއްޖެ އަކީ ދުނިޔެމަތީގެ އެންމެ ރީތި އެއް ތަން ކަމަށާއި ރާއްޖެ އަންނަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ހުރިހާ މައްސަލަތަކުން އެކަހެރިވެލައި ސިކުނޑި ހަމަޖައްސާލުން ކަމަށެވެ.
“އެ މީހުން (ރާއްޖޭގެ ރޭސަރުން) އެ އުޅެނީ ވަރަށް ހިތްފަސޭހަ ގައުމެއްގައި. އަހަރެން އެދެނީ އެ މީހުން އެ ހިތްހަމަޖެހުން ސައިކަލް ރޭސް ޖެހުމުން ވެސް ހޯދަން. އަހަރެން އުއްމީދަކީ މިއީ ރާއްޖެއަށް ރަން އަހަރަކަށް ވުން،” ވޯލްޑް މޮޓޯޖީޕީ ޗެމްޕިއަންޝިޕް 2010، 2012 އަދި 2015 ވަނަ އަހަރު ކާމިޔާބުކުރި ލޮރެންޒޯ، ރާއްޖޭގެ ސައިކަލު ރޭސް ޖަހާ ކުދިންނަށް ހާއްސަކޮށް ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ގޮތަށް ލިބޭ ފުރުސަތުތަކުގެ ތެރެެއިން ވެސް ރޭސިން ފަދަ ކުޅިވަރުތަކަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
“ރާއްޖެ އަކީ ޓޫރިސްޓުންނަށް އަދި ބޭރު ފަރާތްތަކަށް ވަރަށް މަގުބޫލް މަންޒިލަކަށްވާއިރު. މިސާލަކަށް އަޅުގަނޑުމެންގެ ރޭސް ޓްރެކެއް އޮތް ނަމަ މިއީ އަޅުގަނޑުމެންގެ ކުދިންނާ އެކު އޭނަ (ސައިކަލް) ދުއްވާލައި ރާއްޖޭގެ ޓޫރިޒަމް އަށް ވެސް ވަރަށް ބޮޑު އެކްސްޕޯޝާ އަކަށްވާނެ ކަމެއް. އަޅުގަނޑު ލޮރެންޒޯ ގާތުގައި ވެސް އެ ވާހަކަ ބުނިން،” މަހުލޫފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރޭސިން ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވާހަކަ ދައްކައި ރޭސް ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކޮށްދެވުނު ކަމަށާއި މިހާރު ވިސްނުން ހުރީ ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި ގުޅިފަޅު ތަރައްގީކުރާއިރު ރޭސް ޖަހާނެ ފުރުސަތުތައް ފަހިވެފައި އޮންނާނެ ގޮތަކަށް ތަރައްގީކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“ރޭސިން މުހިއްމުވާ ސަބަބެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ އެކްސިޑެންޓްތައް މަދުވެގެން ދިއުމަށް އެކަން ވެގެންދާނެ. މިހާރު އެ ފުރުސަތު (ރޭސް ޖެހުމުގެ) ނެތީމަ މި ފެންނަނީ މަގުމަތީގައި ވަރަށް ބާރަށް ދުއްވާފައި ގޮސް އެކްސިޑެންޓް ވާތަން. އެ ޖާގަ ހޯދައިދެވުނީމަ ގައިމުވެސް މަގުމަތީގައި އެ ދުއްވާ ކުދިންނާއި ރޭސް ޖަހާ ކުދިން ވަކިކޮށްލަން ވަރަށް ފަސޭހަވާނެ،” މަހުލޫފް ވިދާޅުވި އެވެ.
ކުޅިވަރުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ރޭސް ޖަހާ ކުދިންނަށް ވެސް ހައްލުތަކެއް ހޯދައިދެއްވާނެ ކަމަށް މީގެ ކުރިން ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Source link

Article Categories:
Sports

Comments are closed.