ދެނަމާދު ދޭތެރެ (މަޣްރިބްނަމާދާއި ޢިޝާ ނަމާދާއި ދެމެދު)ގެ މުހިންމުކަން ގިނަބައަކު މިހާރުވަނީ ހަނދާންނައްތާލައިފައެވެ. އެހެންކަމުން މަސައްކަތް މިކުރަނީ އެކަމަށް ކޮނަމެވެސް ބަހެއް ބުނެލުމަށެވެ. އެގޮތުން ބަލައިފިނަމަ ފުރަތަމަ ކަމަކަށް އިރުއޮއްސުމާއިއެކު ޝައިޠޯނުންތައް ފެތުރިގަނެއެވެ. އެހެންކަމުން ކުޑަކުދިންނަށް ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެވަގުތު ގޭގައި ބައިތިއްބަންޖެހެއެވެ. އަދި ބޮޑެތި މީހުންވެސް މުހިންމު ކަމެއްގައި ނޫނީ ރަނގަޅީ ބޭރުގައި ނުއުޅުމެވެ. ވީމާ އެވަގުތަކީ ކީރިތި ޤުރްއާން ކިޔަވާ ވަގުތަކަށް ކާބަފައިން ހަދައި ކުދިން ލައްވައި އެކަން ކުރުވީ އެވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. ބޮޑެތި މީހުންނަސްވެސް އޮތީ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion