އިޚްލާޞްތެރިކަމާއެކު މީހަކު ތައުބާވެއްޖެ ނަމަ އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ކޖުރައްވަވާނެތެވެ. އެމީހަކަށް ސާބިތުކަން ދެއްވެވުން އެދިވަޑައިގެންވެސް ދުޢާ ކުރައްވަވާނެތެވެ. މީހަކު ތައުބާވެ އެގޮތުގައި ސާބިތުވާން މަސައްކަތްކުރާނަމަ އެމީހަކަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން މަލާއިކަތްބޭކަލުން ދުޢާކުރައްވަވާނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. މަލާއިކަތް ބޭކަލުން ދަންނަވާނެތެވެ! “ޔާ ﷲ! މިވެނި މީހަކަށް ސުވަރުގެ ދެއްވަވާނދޭވެ! އޭނާއަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އޭނާ ނަރަކައިން ސަލާމަތްކުރައްވަވާނދޭވެ!” ވީއިރު އެހިސާބުން އެމީހަކަށް އެވަނީ ހުރިހައި ކާމިޔާބީތަކެއް ލިބިފައި ނޫން ހެއްޔެވެ؟
އިތުރަށް ވިދާޅުވޭ

Article Categories:
Religion