މި މަހު ޝޫޓިން ފަށާ ފިލްމު “ތޭޖާސް” ގައި ކުޅޭނީ ސިކް އަސްކަރިއްޔާގެ ވައިގެ އޮފިސަރެއްގެ ރޯލު ކަމަށާއި އެފަދަ ރޯލެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
ފިލްމުގެ ތައްޔާރީތަކުގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށް އޭނާ ބުނީ “ތޭޖާސް” ގައި އޭނާ ކުޅޭ ކެރެކްޓާގެ ފުރިހަމަ ނަމަކީ ތޭޖާސް ގިލް ކަމަށާއި ފިލްމުގައި ކުޅެން ޖެހެނީ ސިކް ކެރެކްޓާއެއްކަން އެނގުމަކީ ވަކިން ބޮޑު އުފަލެއް ކަމަށެވެ.
މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް ސަރުވޭޝް މެވާރާ ޑައިރެކްޓްކުރާ އިންޑިއާގެ ވަތަނީ ރޫހުގެ ފިލްމެކެވެ. “ތޭޖާސް” ގެ ޝޫޓިން މި މަހު ފަށަން ތައްޔާރުވި ނަމަވެސް މީގެ އިތުރު ކާސްޓުންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.
Playing a Sikh soldier in Tejas, I never knew until I read my character full name on my uniform today, had an instant smile on my face, our longings and love has a way of manifesting, universe speaks to us in more ways than we understand ❤️ pic.twitter.com/wkR9jQWbhL
— Kangana Ranaut (@KanganaTeam) February 27, 2021
ކަންގަނާ ބުނީ އޭނާގެ އުފަން ދުވަސް ފާހަގަކުރާ މަހުގައި “ތޭޖާސް” ގެ މަސައްކަތް ފެށުމަކީ ވެސް ހާއްސަ ކަމެއް ކަމަށެވެ. މި މަހުގެ 23 އަކީ ކަންގަނާގެ 33 ވަނަ އުފަން ދުވަހެވެ.
“ތޭޖާސް” ގެ މަސައްކަތަށް އޭނާ ހުސްވަނީ މިދިޔަ މަހުގެ ތެރޭގައި އެކްޝަން ފިލްމު “ދާކަޅް” ގެ ޝޫޓިން ނިންމައިލުމަށް ފަހު އެވެ.
Beginning of a new journey… look test with team #Tejas going on floor this spring my birthday month 🌸@sarveshmewara1 @RonnieScrewvala @RSVPMovies pic.twitter.com/xMYdshFNlx
— Kangana Ranaut (@KanganaTeam) February 27, 2021
ކަންގަނާ މި އަހަރު ފެންނާނެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 23 އަށް ތާވަލުކޮށްފައިވާ “ތަލައިވީ” އިންނެވެ. “ދާކަޅް” ސިނަމާތަކަށް ގެންނާނީ އޮކްޓޯބަރު 1 ގަ އެވެ.
“ތޭޖާސް” އަކީ މި އަހަރު ރިލީޒްކުރާނެ ފިލްމެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.