ސިހުރު ހެދުމާއި ސިހުރު ހެއްދުވުމަކީ ޝިރުކުގެ ނުބައިކަންބޮޑު އަމަލެއްކަން މުސްލިމުންނަށް އެނގެއެވެ. ނަމަވެސް ހިތާމައަކީ ނަމާދުކޮށް ހެޔޮ ޢަމަލުތައްކުރަމުންވެސް ކުރާ ހުރިހާ މަސައްކަތް އަމިއްލައަށް ގެއްލުވައިލާ ކަމެވެ. ސިިހުރުވެރިންގެ ގާތަށްގޮސް ޝިރުކުގެ ނުބައި އަމަލުތަކުގެތެރެއަށް އަމިއްލައަށް ވެއްޓިގަންނަކަމެވެ. ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ބޭނުމަކު ދާނީ އެމީހެއްގެ ކިބައިގައިގައި އީމާންތެރިކަން ނެތުމުންނެވެ. ﷲ ތައާލާއަށް އިތުބާރު ނުކުރާތީއެވެ. ނުކުރެވޭތީއެވެ. ނޫން ނަމަ ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ބޭނުމަކު ނުދާނެއެވެ. ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ކަމަކު އެދިގެން ހިނގައްޖެ ނަމަ އެމީހަކީ ސިހުރިވެރިޔާއަށް ވުރެވެސް ނުބައި މީހެކެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion