ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު “ކަބީރު ސިންހް”ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ އާ ފިލްމު “އެނިމަލް” ރިލީޒްކުރާނީ އަންނަ އަހަރުކަމަށް ޚަބަރުތައް ބުނެފިއެވެ.ރަންބީރު ކަޕޫރު، އަނިލް ކަޕޫރު އަދި ޕަރިނީތީ ޗޯޕްޅާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ބައްޕައަކާ ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި ރަންބީރު ދަރިފުޅުގެ ރޯލު ކުޅޭއިރު އަނިލް ކަޕޫރަކީ ފިލްމުގައި އޭނާގެ ބައްޕައެވެ. މި ފިލްމަކީ އަންނަ އަހަރުގެ ދުޝޭރާ ގައި ރިލީޒްކުރާ ފިލްމެކެވެ. އެއީ އޮކްޓޯބަރު މަހު ހިސާބެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News