ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނީ ނުވަތަ ބޭނުންވާނީ އެމީހަކު ކުރާ ކަންކަމުގައި ކުރިއަރައިދިއުމަށެވެ. ކިތަންމެ ވަރަކަށް ވިސްނައިގެން ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް އެކަން ޙާޞިލުކުރެވެން މިއޮތީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ! އެކަލާނގެ އެހީތެރިވެވޮޑިގަތުން ލިބިގެންނެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން ހެއްޔެވެ؟ މިސުވާލު ކުރާ އިރަށް އެންމެން އެފަހަރާ ބުނާނީ ބޭނުން ކަމަށެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އަބަދުވެސް ލިބިލިބި ހުންނަން ބޭނުން މީހާ ކަންކުރަންވީ ގޮތް ރަސޫލް (ޞޢވ) ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion