ރަސޫލް ﷺ ވަނީކަންކަމުގައި އިންސާނާ ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވާ 5 ކަންތައް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ބާރުގަދަ މުއްމިންއެވެ. ހުނަރެއް ލިބިފައިވުމެވެ. އަދި އެކަމެއް މޮޅަށްކުރަން އެނގިފައިވުމެވެ. ޢިލްމުވެރިން ވިދާޅުވަނީ މީގެތެރޭގައި އީމާންކަމުގައި ވަރުގަދައަށް ސާބިތުވެހުރުންވެސް ހިމެނޭކަމަށެވެ. އަދި އެމީހަކަށް ލިބިފައިވާ ހުނަރާއިގެން ކުރިއަށްދާން މަސައްކަތްކުރުންވެސްހިމެނެއެވެ. އެފަދަ މީހާ އެފަދަ ކަމެއް ލިބިފައިނުވާ މީހަކަށްވުރެ މަތިވެރިއެވެ. ބާރުގަދަ މުއްމިނަކީ އެމީހެއްގެ ފަންނުން އެންމެ މޮޅަށް އުނގެނިގެން ހުންނަ މީހެކެވެ. ނަމަވެސް ދެ މީހުންނަކީވެސް ރަނގަޅު ދެމީހުންނެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion