އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ޤުރްއާން ކިޔަވާ މީހުންނެވެ. ހެނދުނާއި ހަވީރު ސޫރަތްތައްވެސް ކިޔަވައެވެ. ނަމަވެސް އެއިގެތެރެއިން އެމީހަކަށް ކިޔެވޭ އެންމެ ރިވެތި ރާގަށް ޤުރްޢާންކިޔަވަން މަސައްކަތްކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ތެދުބަހުން ބުނާނަމަ ބުނަންޖެހޭނީ ގިނަ ބައަކު ބަލަނީ ކިޔަވަނީ ކިޔެވިކަމަށް ހަދަންވެގެން ކަމަށެވެ. ދޭންޖެހެ ސަމާލުކަމެއް ނުދެއެވެ. ރިވެތި ރާގަކަށް ކިޔަވަންވެސް މަސައްކަތެއް ނުކުރެއެވެ. ކިޔަވަނީ ކިޔެވުނު އެންމެ އަވަހަކަށެވެ. ބޭނުންވަނީ ވީހައި އަވަހަކަށް ކިޔަވާލާފައި އެހެންކަމަކަށް އަވަހަށް އެހެން ކަމަކަށް އެނބުރޭށެވެ!
އިތުރަށް ވިދާޅުވޭ
Article Categories:
Religion