ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިބިލީސް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތް ކުރާނީ ސިކުނޑީގެ ބެޓެރި ދުއްވައިލުމަށެވެ. އެއިގެ މާނައަކީ ހެޔޮ ކަންކަމާއިމެދު ވިސްނުމުގެ ބާރު ކަނޑުވައިލުމެވެ. އެގޮތަށް އެހައި ގަދައަޅައި އެކަމަށް އެ މަސައްކަތް ކުރަނީ ސިކުނޑީގެ ބެޓެރި ދުއްވައި ލެވިއްޖެ ނަމަ އެމީހަކު ލައްވައި އިބިލީސް ކުރުވަން ބޭނުންވާ ހުރިހާ ކަމެއްވެސް ކުރުވޭނެތީއެވެ. ސިކުނޑީގެ ބެޓެރިއަކީ އީމާންކަމުގެ ބާރެވެ! ފޯނުތަކުގެ ބެޓެރިޗާޖްކުރާ ފަދައިން އީމާންކަން ވެސް ޗާޖުކުރަންޖެހޭ ކަމަށް މިބުނަނީ އެ ސަބަބަށްޓަކައެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދެވޭ މިންވަރު މިދަނީ ކުޑަވަމުންނެވެ! ކަންކަން ގޯހުން ގޯހަށް ބަދަލުވަމުންދާތަން ފެންނަމުން މިދަނީ އެ ސަބަބަށްޓަކައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion