ތިމާގެ ޝަޚްޞިއްޔަތާއިމެދު ކަންކަން ދެނެގަންނަން އެދޭމީހާ ފުރަތަމަކަމަކަށް ތިމާގެ ޢާއިލާގެ މީހުން ތިމާ ޢާއިމެދު ދެކޭގޮތާއިމެދު ވިސްނައިލާށެވެ! ކޮންމެ މީހެއްގެ ޙަޤީޤަތްވެސް އެންމެ ރަނގަޅަށް އެނގޭނެ ބައަކީ ޢާއިލާގެ މީހުންނެވެ. ތިމާގެ ފިރިމީހާއެވެ. އަނބިންނެވެ. މައިންބަފައިންނެވެ. އަޚުންނާއި އުޚުތުންނެވެ. ޅިޔަން ފަހަރިންނެވެ.ތިމާގެ ޢާއިލާގެ މީހުން ތިމާ އާއިމެދު ދެކެނީ ރަނގަޅަށް ނޫންކަމަށްވެއްޖެ ނަމަ ތިބާގެ ކިބައިގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ތިމާ އާއި ބައްދަލުވުމުން އެމީހުންނަށް ހިތްހަމަޖެހުން ނުލިބޭނަމަ، ތިމާ ފެނުމުން އެމީހުންނަށް ބޮޑު ބިރަކަށްވާނަމަ ތިބާގެ އަޚްލާޤްގައި އިޞްލާޙްކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުންނާނެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion