މިއީ ހެޔޮލަފާ މޫމިން އަޅުންގެ ފުރާނަ މަލަކުލްމައުތުގެފާނު ހިއްޕަވާހިނދު ކަންކަން ވެގެންދާނެގޮތާއި ކައްވަޅުގައި އެމީހަކަށް މިންވަރުކުރައްވަވާނެ ނިޢްމަތްތަކުގެ ވާހަކައެވެ. ޝައުޤުވެރިކަމާއިއެކު ކިޔާލައި ތިބާގެ ފުރާނައަކީ މިފަދައިން ނިޢްމަތްތައް ލިބިގެންދާ ފުރާނައެއް ކަމުގައި ހެދުމަށް މަސައްކަތްކުރާށެވެ! ހެޔޮލަފާ މީހާގެ ފުރާނައާއި ޙަވާލުވުމަށް މޫނުތައް އަލިވެގެންވާ މަލާއިކަތުންތަކެއް ފައިބައި ވަޑައިގަންނަވާނެނެތެވެ. އެފުރާނައަށްޓަކައި ސުވަރުގެއިން ގެންނަވާ ކަފުނެއް އެބޭކަލުން ގެންނަވާނތެވެ. އެފުރާނައަށްޓަކައި އެބޭކަލުން ސުވަރުގެއިން ހުވަނދު ގެންނަވާނެތެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion