ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕޭނު ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ އިހްތިރާމް ކުޑަކޮށް ވާހަކަދެއްކެވި ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.ޒޫމް މެދުވެރިކޮށް ރޭ ކުރިއަށް ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ނަސީމަށް ވާހަކަދައްކަވަން ދެއްވި ފުރުސަތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވެ، އެމްޑީޕީ އޮފީހުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދަށް އަޑު ލިބޭގޮތް ނުވި އެވެ. ނަމަވެސް ޓީވީ އިން ބައްދަލުވުން ބަލަމުން ދިޔަ މީހުންނަށް މިނިސްޓަރުގެ އަޑު އިވެ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News