ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާ “ފުލުސް ބޯޑު”ގެ މެމްބަރުކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހަމަޖެއްސުމަށް ރުހުން ދިނުމަށް މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.ގައުމީ ޔުނިވާސިޓީގެ ކައުންސިލްގެ ރެޕްރެޒެންޓޭޓިވްއެއްގެ މަގާމު ފުރައްވަމުން އަންނަ ހާމިދު، ފުލުހުންގެ ބޯޑަށް އައްޔަން ކުރަން ކޮމިޓީން ފާސް ކުރިީ، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެމްބަރުންގެ ވޯޓާއެކު އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News