ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކަކީ ސިޔާސީ ކުލަޖެހިފައިވާ ދައުވާތަކެއް ކަމަށް، މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު މިއަދު ތުހުމަތު ކުރައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ އަލީ ވަހީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަމުރު ކުރުމުން އޭނާ ފުރައިގެން ދިޔައީ ކަމަށާއި، އަދި އޭގެ ފަހުން ކޯޓުން އަމުރު ދޫކުރުމަކީ އަލީ ވަހީދުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ އިދާރީ މައްސަލައެއް ކަމަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News