Mar 3, 2021
123 Views
Comments Off on ސޮނީގެ “ސުޕަ ޑާންސާ 4” މި މަހުގެ 27 ގައި
0 0

ސޮނީގެ “ސުޕަ ޑާންސާ 4” މި މަހުގެ 27 ގައި

Written by

ކުޑަކުދިންނަށް ހާއްސަކޮށްގެން ސޮނީ ޓީވީން ގެނެސްދޭ “ސުޕަ ޑާންސާ” ގެ ޗެޕްޓަރު ހަތަރެއް މި މަހުގެ 27 ގައި ފަށަން ނިންމައިފި އެވެ.

މި ޝޯ އެ ޗެނަލުން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.

ޝޯގެ ހަތަރު ވަނަ ޗެޕްޓަރު ވެސް ގެނެސްދޭނީ ހަމަ ކުރީގެ ތިން ޖަޖުންނާ އެކީގަ އެވެ. އެއީ ބަތަލާ ޝިލްޕާ ޝެޓީ އާއި ކޮރިއޮގްރާފަރު ގީތާ ކަޕޫރްގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ބާސޫ އެވެ.

“ސުޕަ ޑާންސާ” އަކީ ސޮނީން 2016 ގައި ގެނެސްދޭން ފެށި ޝޯއެކެވެ. އެންމެ ފަހުން 2019 ގައި ގެނެސްދިން ތިން ވަނަ ޗެޕްޓަރު ކާމިޔާބުކުރީ ރުޕްސާ ބަތަބިއަލް އެވެ.

“ސުޕަ ޑާންސާ 4” ފަށާ އިރު މި އަހަރަކީ 13 ވަރަކަށް އަހަރު ފަހުން ޝިލްޕާ ބޮޑު ސްކްރީނުން ވެސް ފެންނާނެ އަހަރެކެވެ. އޭނާގެ ދެ ފިލްމެއް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ “ނިކައްމާ” އާއި “ހަންގާމާ 2” އެ އެވެ.

“ބަރްފީ” އާއި “މާޑާ” އަދި “ލައިފް އިން އަ…މެޓްރޯ” ފަދަ ފިލްމުތައް ގެނެސްދިން އަނޫރާގަކީ މިދިޔަ އަހަރު “ލޫޑޯ” ގެ ނަމުގައި އެންތޮލޮޖީ ފިލްމެއް ގެނެސްދިން ޑައިރެކްޓަރެކެވެ.

“ސުޕަ ޑާންސާ” ގެ އިތުރުން ގީތާ އަކީ ސޮނީގެ އެހެން ޑާންސް ޝޯއެއްގެ ވެސް ޖަޖެކެވެ. އެއީ މިދިޔަ އަހަރު ގެނެސްދޭން ފެށި “އިންޑިއާސް ބެސްޓް ޑާންސާ” އެވެ. އެ ޝޯގެ ޖަޖުކަންކުރީ ގީތާގެ އިތުރުން ކޮރިއޮގްރާފަރު ޓެރެންސް ލުވިސް އާއި މަލައިކާ އަރޯރާ އެވެ.Source link

Article Categories:
Entertainment

Comments are closed.