ﷲ ތަޢާލާއަށް ނަޞްރު ދިނުމަކީ ކޮބައިކަން ގިނަބައަކަށް އޮންނަނީ އޮޅިފައެވެ. ﷲ ތަޢާލާއީ ނަޞްރު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ނަޞްރު ހޯދަންޖެހިގެން މިއުޅެނީ އަހަރެމެންނަށެވެ. އެހެންކަމުން ﷲ ތައާލާއަށް ނަޞްރު ދިނުމަކީ އިސްލާމްދީންމަތީގައި ސާބިތުވުމެވެ. އެކަންކުރެވޭނީ ނަމާދު ޤާއިމުކުރާ މީހަކުކަމުގައިވެގެންނެވެ. ޚާއްޞަކޮށް ފަތިސްނަމާދުކުރާ މީހަކުކަމުގައިވެގެންނެވެ. އެހެނީ ފަތިސްނަމާދަކީ ދުވަހުގެ ފެށުމެވެ. ފަތިސްނަމާދު ނުކުރެވިއްޖެނަމަ ދުވަހުގެ ފެށުން އެއޮތީ ގޯސްވެފައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion