އަހަރެމެންނަކީ މުސްލިމުންނެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު މިތިބީ ޙައްޤުގެ މަގުގައެވެ. ހިތާމައަކީ މިފަދައިން ތިބެފައިވެސް ފާފަތައްކުރެވި ޙައްޤުގެ މަގާއި ދުރަށްދެވޭކަމެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމލުތައް ކުރެވޭކަމެވެ. ވީމާ ޙައްޤުގެ މަގުން އަހަރެންގެ ހިތް އެއކިބާ ނުކުރެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެކަމަށް ކުރަން އޮތް ދުޢާވެވެސް ޤުރްއާނުން އޮތީ ފެންނާށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion