މާލޭގެ ރަށްވެހިން ދިރިއުޅެން ބޭނުންވާ 2،000 ހައުސިން ޔުނިޓު އެޅޭނެ ޖާގަ މާލޭގައި ބޭކާރު ގޮތުގައި ބޭނުންކުރަމުންދާ ބިންތައް ހުސްކޮށްގެން ތަރައްގީ ކުރެވިދާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.މާލޭ މޭޔަރުކަމަށް މުއިއްޒު ކުރިއަށްގެންދަވާ ކެމްޕޭންގެ ތެރެއިން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހަފުތާއަކު ތިން ރޭ ކުރިއަށްގެންދާ ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކާ މުއައްސަސާތަކާ ހަވާލުކޮށްފައި ހުރި، އެހެން ނަމަވެސް އާންމުންނަށް އެއަށްވުރެ ފައިދާ ކުރަނިވި ގޮތަކަށް ބޭނުން ކުރެވިދާނެ ބައިވަރު ބިން މާލޭގައި މިހާރުވެސް އެބަހުރި ކަމަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News